ހުރިހާ އިސްލާމް ލައިބްރަރީއެއް

70 - The Ascending Stairways - Al-Ma`ārij

:1

އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذاب އަކަށްއެދި ގޮވިއެވެ. (އެއީ) كافر ންނަށްޖެހޭނޭ عذاب އެކެވެ. އުޑުތަކުގެ ވެރި اللَّه ގެ حضرة ން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.

:2

އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذاب އަކަށްއެދި ގޮވިއެވެ. (އެއީ) كافر ންނަށްޖެހޭނޭ عذاب އެކެވެ. އުޑުތަކުގެ ވެރި اللَّه ގެ حضرة ން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.

:3

އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذاب އަކަށްއެދި ގޮވިއެވެ. (އެއީ) كافر ންނަށްޖެހޭނޭ عذاب އެކެވެ. އުޑުތަކުގެ ވެރި اللَّه ގެ حضرة ން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ.

:4

ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكة ންނާއި، جبريل ގެފާނު، އެކަލާނގެ حضرة އަށް އަރާވަޑައިގަންނަވާނެތެވެ.

:5

ފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ!

:6

ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ.

:7

އަދި ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ.

:8

ތެޔޮކުނޑިތަކެއް ފަދައިން އުޑު، ވާނޭދުވަހުއެވެ.

:9

އަދި، ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހުއެވެ.

:10

އަދި، އެދުވަހުން ގާތް رحمة ތެރިޔަކު، رحمة ތެރިޔަކާމެދު سؤال އެއް ނުކުރާނެތެވެ.

:11

އެއުރެން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރިކުރައްވާނެތެވެ. އެދުވަހުގެ عذاب ން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، فدية އެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ.

:12

އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ أخ ވެސްމެއެވެ.

:13

އަދި، އޭނާޔަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ.

:14

އަދި، ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން، އެ فدية އޭނާ ސަލާމަތް ކުރޭތޯއެވެ.

:15

ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ނަރަކައީ އަނދައަނދާހުރި އަލިފާނެވެ.

:16

(އޭގެ ހޫނުން) ބޮލުގެ ހަން ނޮޅާ حال ގައެވެ.

:17

ފުރަގަސްދީ އެނބުރިދާ މީހާޔަށް އެ ނަރަކަ ގޮވާނެތެވެ.

:18

އަދި މުދާ އެއްކޮށް، خزانة ކުރާ މީހާޔަށްވެސްމެއެވެ.

:19

ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.

:20

އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.

:21

އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ.

:22

ނަމާދުކުރާ މީހުން މެނުވީއެވެ.

:23

އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ.

:24

އަދި، އެއުރެންނީ، سؤال ކޮށް، އެދޭމީހުންނަށާއި، ނިކަމެތި محروم ންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حق އެއްވާ މީހުންނެވެ.

:25

އަދި، އެއުރެންނީ، سؤال ކޮށް، އެދޭމީހުންނަށާއި، ނިކަމެތި محروم ންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حق އެއްވާ މީހުންނެވެ.

:26

އަދި، އެއުރެންނީ، قيامة ދުވަހަށް إيمان ވެ، ތެދުކުރާ މީހުންނެވެ.

:27

އަދި، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ عذاب އަށް ބިރުވެތިވާ މީހުންނެވެ.

:28

ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ عذاب އަކީ (އެކަލާނގެ أمان ކަންދެއްވިއްޔާމެނުވީ އެއިން) أمان ކަން ލިބިގެންނުވާ عذاب އެކެވެ.

:29

އަދި، އެއުރެންނީ، އެއުރެންގެ فرج ތަކަށް ރައްކާތެރިވާ މީހުންނެވެ.

:30

އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.

:31

ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ.

:32

އަދި، އެއުރެންނީ، އެއުރެންގެ أمانة ތަކަށާއި، އެއުރެންގެ عهد ތަކަށް ރައްކާތެރިވާ މީހުންނެވެ.

:33

އެއުރެންނީ، އެއުރެންގެ ހެކިބަސް ފުރިހަމަޔަށް އަދާކުރާ މީހުންނެވެ.

:34

އަދި، އެއުރެންނީ، އެއުރެންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.

:35

އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ.

:36

ފަހެ، كافر ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟

:37

ފަހެ، كافر ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟

:38

نعمة ގެ ސުވަރުގެޔަށް ވެއްދެވުމަށް އެއިންކޮންމެ މީހަކު ދަހިވެތިވަނީ ހެއްޔެވެ؟

:39

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ.

:40

ފަހެ، مشرق ތަކާއި، مغرب ތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.

:41

:42

ފަހެ، އެއުރެންނަށް وعد ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطل ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!

:43

(އެއީ) ކަށްވަޅުތަކުން ނުކުމެގެން އެއުރެން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެއުރެން އަޅުކަންކުރާ ބުދުތަކުގެ ކައިރިޔަށް އަވަސްއަވަހަށްދާ ފަދައިންނެވެ.

:44

(އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެގެންވާ حال، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެއުރެންނަށް وعد ކުރައްވާކަމުގައިވީ ދުވަހެވެ.