ހުރިހާ އިސްލާމް ލައިބްރަރީއެއް

108 - The Abundance - Al-Kawthar

:1

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގުނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި كوثر އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ.

:2

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ!

:3

ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރުވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.