ހުރިހާ އިސްލާމް ލައިބްރަރީއެއް

102 - The Rivalry in world increase - At-Takāthur

:1

(މުދަލާއި ދަރިން) ގިނަކަމަށް އެކަކުއަނެކަކަށް فخر ވެރިވެ އުޅުން، ތިޔަބައިމީހުން (اللَّه ގެ މަތިން ހަނދުމަނެއްތައި) مشغول ކޮށްފިއެވެ.

:2

ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ.)

:3

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

:4

ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

:5

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. يقين ކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.

:6

ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.

:7

ދެންހަމަ يقين ކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.

:8

ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمة ތަކާމެދު ތިޔަބައިމީހުންނާ سؤال ކުރައްވާނެކަން ކަށަވަރެވެ.